ތިންމަސް ތެރޭޭގައި ގޯތި ހަވާލުކުރަން ލާޒިމުކުރާ ބިލް ބޭރުކޮށްލައިފި

A
10 ޖޫން 2024 19:471 މިނިޓުގެ ކިޔުން
Aa

ބިންވެރިޔާ ސްކީމުގެ ދަށުން ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް ހަވާލު ކުރުން ލާޒިމުވާ ގޮތަށް އޮތް ބިލު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހީ އެ ބިލު ކޮމިޓީއަށް ފޮނުވުމަށެވެ. އެ ބިލު ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ ތެރެއިން 75 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ،

އެ ބިލު ކޮމިޓީއަށް ފޮނުވަން 12 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު ހުންނެވި އެވެ.

އެ ބިލަކީ މަޖިލީހުގެ ގަލޮޅު ދެކުނުދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުެއވި ބިލެކެވެ.

19 ވަނަ މަޖިލީހުން އެ ބިލު ފާސްކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައިފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.