އެސްޓީއޯއިން އެ ކުންފުނީގެ ހިއްސާދާރުންނާއެކު ނުރަސްމީ ބައްދަލުވުމެއް ބާއްވަނީ

A
10 ޖޫން 2024 19:471 މިނިޓުގެ ކިޔުން
Aa

އެސްޓީއޯއިން އެ ކުންފުނީގެ ހިއްސާދާރުންނާއި ނުރަސްމީގޮތުން ބައްދަލުކޮށް، ކުންފުނީގެ ކަންކަމާމެދު މަޝްވަރާކުރުމުގެ ގޮތުން ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ..

އެސްޓީއޯއިން މިއަދު ބުނީ އެ ބައަދަލުވުން ބާއްވަނީ މިމަހުގެ އަށްވަނަ ދުވަހުގެ ހެނދުނު 11:00 ގައި އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓް، އެސްޓީއޯ ޓްރޭޑް ސެންޓާގައި ކަމަށެވެ.

އެ ބައްދަލުވުމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ހިއްސާދާރުން މިމަހުގެ 7 ގެ ކުރިން Portal.sto.mv މެދުވެރިކޮށް ރަޖިސްޓަރީ ކުރުމަށް އެސްޓީއޯއިން ވަނީ އެދިފައެވެ.

މިއީ ހިއްސާދާރުންނާއެކު ބާއްވާ ނުރަސްމީ ބައްދަލުވުމެއްކަމަށްވުމުން، މި ބައްދަލުވުމަށް ޕްރޮކްސީ ޢައްޔަންކުރުމަށް ހަމަޖެހިފައިނުވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ބައަދަލުވުމުގަަައި ބައިވެރިވެވޭނީރަޖިސްޓަރީކުރާ ތާރީހާަައި ހަމައަށް އުމުރުން 16އަހަރު ފުރިފައިވާ، ކުންފުނީގެ ހިއްސާދާރުންނަށް އެކަނި ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.