ފުލުހުންނަށް އިންޒާރުދިން ކުއްޖަކަށް ނެސޭހަތް ދިނުމަށްފަހު ބެލެނިވެރިޔާއާ ހަވާލުކޮށްފި

A
10 ޖޫން 2024 19:471 މިނިޓުގެ ކިޔުން
Aa

ފުލުހުންނަށް އިންޒާރުދިން ކުޑަކުއްޖަކަށް ނަސޭހަތް ދިނުމަށްފަހު ބެލެނިވެރިޔާއާ ހަވާލުކޮށްފިއެވެ. ބެލެނިވެރިޔާގެ ހާޒިރުގައި ނަސޭހަތް ދިނުމަށްފަހު ދޫކޮށްލައިފި އެވެ.

އެ ކުއްޖާ ފުލުހުންނަށް އިންޒާރުދޭ މަންޒަރާއި އަޑު ފެންނަ ވީޑިއޯއެއް އެމްވީކްރައިސިސްއިން މިއަދު ވަނީ އާންމުކޮށްފައެވެ.

އެ ވީޑިއޯއާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ކ. ގުރައިދޫގައި ހިނގި ހާދިސާއެއް ކަމަށެވެ. ފުލުހުން އެ ކުއްޖާ ހުއްޓުވީ މައުލޫމާތު ސާފުކުރަން ކަމަށާއި ނަމަވެސް އެ ކުއްޖާ ފުލުހުންނަށް އިންޒާރު ދީފައިވާ ކަމަށެވެ.

އެއީ 17 އަހަރުގެ ކުއްޖެއް ކަމަށް ޝިފާން ވިދާޅުވި އެވެ.

”އެހެންކަމުން އެ ކުއްޖާ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބެލެނިވެރިންގެ ހާޒިރުގައި ކުއްޖާއަށް ނަސޭހަތްދީ އެ ކުއްޖާ ވަނީ ބެލެނިވެރިންނާ ހަވާލުކޮށްފައި“ ޝިފާން ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.