ސްޓެލްކޯއިން 500،000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

A
10 ޖޫން 2024 19:471 މިނިޓުގެ ކިޔުން
Aa

ރާއްޖޭގައި 500،000 ގަސް އިންދުމުގެ ޕްރޮގްރާމެއް ސްޓެލްކޯއިން މިއަދު ފަށައިފި އެވެ.

ކ. ތުލުސްދޫގައި މިއަދު ވަނީ އެ ޕްރޮގްރާމް ފެށުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން އިންޖީނުގެތައް ހިންގާ 33 ރަށެއްގެ އިތުރުން މާލޭ ސަރަހައްދުގައި ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ. މިއަދު ވަނީ 27،000 ގަސް އިންދާ، އެ ގަސްތަކަށް ފެންދޭނެ ފަށައިފައި ކަމަށް ފަހުމީ ވިދާޅުވި އެވެ.

“މި މަސައްކަތުގެ ފައިދާ މިއަދު އަޅުގަނޑުމެންނަށް ނުކޮށްފާނެ، ނަމަވެސް މިއީ އަޅުގަނޑުމެންގެ ތުއްތު ކުދިންގެ މުސްތަޤުބަލަށްޓަކައި މިއަދު ކުރަން ޖެހޭ މުހިއްމު މަސައްކަތެއް” ފަހުމީ ވިދާޅުވިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.