އާރްޑީސީގެ ބިނާވެހި ޕްރޮގްރާމުގެ ފުރަތަމަ ބުރު ނިންމާލައިފި

A
10 ޖޫން 2024 19:471 މިނިޓުގެ ކިޔުން
Aa

ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ ބިނާވެހި ޕްރޮގްރާމުގެ ފުރަތަމަ ބުރު މިއަދު ނިންމާލައިފިއެވެ.

އާރްޑީސީން މިއަދު ބުނީ ކޯއޮޕަރޭޓިވް އެޑިއުކޭޝަން ބިނާވެހި ޕްރޮގްރާމަކީ ސާނަވީ އިމްތިހާނަށްފަހު މަތީ ސާވަނީ ތައުލީމު ފެށުމާއި ދޭތެރޭ ނުވަތަ މަތީ ސާނަވީ އިމްތިހާނަށްފަހު ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރިވަރުންނަށް ނުވަތަ ތައުލީމު ދޭ މަރުކަޒުތަކަށް ހާޒިރުނުވާ ފަރާތްތަކަށް މަސައްކަތުގެ ހުނަރާއި ތަމްރީނު އަދި ތަޖުރިބާ ފޯރުކޮށް ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

ބިނާވެހި ޕްރޮގްރާމްގައި ޖުމްލަ 11 މީހުން ބައިވެރިވެފައިވާ ކަމަށާައި މި ޕްރޮގްރާމްއަކީ 6 މަސް ދުވަހަށް ކުރިއަށްގެންދާ ގޮތަށް ރޭވިފައި ޕްރޮގްރާމެއް ކަމަށްވިޔާަ ފުރަތަމަ ބުރުގެ މުއްދަތު 9 މަސް ދުވަހަށްވަނީ އިތުރުކޮށްފައި ކަމަށް އާރްޑީސީން ބުންޏެވެ.
މި ޕްރޮގްރާމް ފުރިހަމަކޮށްފައިވަނީ 5 ދަރިވަރަކު ކަމަށް ވެސް އާރްޑީސީން ބުންޏެވެ.

ބިނާވެހި ޕްރޮގްރާމްގައި ބައިވެރިވި ކޮންމެ މީހަކަށަ 5000 ރުފިޔާގެ އެލަވެންސެއް ދީފައިވާނެ ކަމަށަ އާރްޑީސީން ބުންޏެވެ.

އެ ޕްރޮގްރާމްގެ މަގްސަދަކީ މަސައްކަތުގެ މާހައުލަށް ދަރިވަރުން ހާނުވައި، މަސައްކަތުގެ މާހައުލަށް ނިކުންނަންވާއިރަށް ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށް އާރްޑީސީން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.