މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތަށް ރައީސް މުއިއްޒަށް ދައުވަތު ފޮނުއްވައިފި

A
10 ޖޫން 2024 19:471 މިނިޓުގެ ކިޔުން
Aa

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް އަންނަ އާދިއްތަ ދުވަހު ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ދެއްވައިފި އެވެ.

އިންޑިއާ ސަރުކާރުގެ އެ ދައުވަތު، ދިވެހި ސަރުކާރުން ރައީސް ޑރ. މުއިއްޒު އެ ދައުވަތު ގަބޫލުކުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނޫނެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

މޯދީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ މޯދީއަށް މަރުހަބާ ދަންނަވައިފައެވެ.ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ތަރައްގީ އާއި ހަމަޖެހުން ހޯދުމަށް ދެ ގައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މޯދީ ވިދާޅުވެފައިވަނީ ރާއްޖެއަކީ އިންޑިއާއަށް މުހިންމު ގައުމެއް ކަމަށާއި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާން ބޭނުންވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.