ކަރަންޓު ބިލްތަކާ ގުޅޭގޮތުން 6،00 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި: ސްޓެލްކޯ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

މިދިޔަ މަހުގެ ކަރަންޓު ބިލް އެހެން މަސްތަކާ އަޅާބަލާއިރު ބޮޑުވެފައިވާ ކަމަށް ބުނެ 6،000 އަށްވުރެ ގިނަ ޝަކުވާ އެކި ފަރާތްތަކުން ސްޓެލްކޯއަށް ހުށަހަޅައިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ ކަރަންޓު ބިލާ ގުޅޭގޮތުން 659 ފޯނު ކޯލް ލިބިފައިވާ ކަމަށާއި އެ ހުރިހާ ފޯން ކޯލަކަށް ޖަވާބުދީފައިވާނެ ކަމަށެވެ. އަދި 6،135 ޝަކުވާ ވައިބާ މެދުވެރިކޮށް ލިބިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

”ކުރިން ވެސް ހާމަކޮށްފައިވާ ގޮތުން ހުރިހާ ޝަކުވާއަކަށް ވެސް 24 ގަޑި އިރުތެރޭ އެޓެންޑުވުމަށް ދަނީ މަސައްކަތް ކުރެވެމުން“ ސްޓެލްކޯއިން ބުންޏެވެ.

މިދިޔަ މަހުގެ ކަރަންޓު ބިލް އާދަޔާހިލާފަށް ބޮޑުވެފައިވާ ކަމަށް ބުނެ ބައެއް މީހުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި ވަނީ ސްޓެލްކޯ ކައިރީގަ މުޒާހަރާ ވެސް ކޮށްފަ އެވެ.

އެހެންވެ ސްޓެލްކޯއިން ވަނީ ބިލުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.

އެގޮތުން ސްޓެލްކޯގެ ކަސްޓަމާ ސާވިސް އެންޑް ބިލްޑިންގެ ނަމްބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.