ސައިކަލާއެކު މޫދަށް ވެއްޓުނު މީހަކު މަރުވެއްޖެ

މ
21 ޖޫން 2024 10:54އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ހދ. ނޮޅިވަރަމްގައި ސައިކަލާއެކު މޫދަށް ވެއްޓުނު މީހަކު މަރުވެއްޖެ އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ނޮޅިވަރަމް ބަނދަރުން މީހަކު ސައިކަލާއެކު މޫދަށް ވެއްޓިގެން އެ ރަށު ހެލްތް ސެންޓަރުގައި ފަރުވާދެމުންދާ ކަމުގެ ރިޕޯޓެއް ލިބުނީ ރޭ 9:15 ހާއިރު ކަމަށެވެ.

އަދި ހެލްތް ސެންޓަރުގައި އެ މީހާއަށް ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސަގައި މަރުވެފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައި ވަނީ އެ ރަށު ގާޑްނިޔާވިލާ/ އިލްޔާސް އިބްރާހީމް އެވެ.

ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. ފުލުހުން ދަނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.