ފަލަސްތީން ޓެލެތޯން އަށް ސްޓެލްކޯ އިން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފި

މ
12 ޖޫން 2024 17:23އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ރާއްޖޭން ފަލަސްތީން ރައްޔިތުންނަށް އެހީވުމަށްޓަކައި ކުރިއަށްގެންދާ ގައުމީ ޓެލެތޯން އަށް ސްޓެލްކޯ އިން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ އެ ކުންފުނިން ހަދިޔާ ކުރި ފައިސާއަކީ ސްޓެލްކޯގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ހަދިޔާކޮށްފައިވާ ފައިސާ ކަމަށެވެ. އޭގެ އިތުރުން ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ސްޓެލްކޯގެ ހެޑް އޮފީހުގެ ކުރިމަތީގައި ބަހައްޓާފައިވާ ފަންޑު ފޮއްޓަށް އެކި އަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ބުންޏެވެ.

”އަޅުގަނޑުމެން، ސްޓެލްކޯގެ މުވައްޒަފުން ސާބިތުކަމާއެކު އަބަދުވެސް ދެމި ތިބޭނީ ފަލަސްތީންގެ ރައްޔިތުންނާ އެކު،“ ސްޓެލްކޯ އިން ބުންޏެވެ.

”ފަލަސްތީނާއެކު ދިވެހީން“ގެ ނަމުގައި ޕީއެސްއެމް އާއި މީޑިއާތައް ގުޅިގެން މިއަދު ހެނދުނު 8:00 ގައި ފެށި ޓެލެތޯން މިރޭ 12:00 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވާއިރު، އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފަ އެވެ. އޮންލައިންކޮށް ފައިސާ ޖަމާކުރުމަށް:

  • ދިވެހި ފައިސާ އިން ނަމަ: 7730000655865

  • ޑޮލަރުން ނަމަ: 7730000655866

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.