އާރުޑީސީގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ފަލަސްތީން ރައްޔިތުންނަށް!

މ
12 ޖޫން 2024 19:38އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އާރުޑީސީ މުވައްޒަފުންގެ ފަރާތުން ފަލަސްތީން ޓެލެތޯނަށް ފައިސާ ހަދިޔާކުރަނީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ފަލަސްތީންގެ ރައްޔިތުންނަށް ހަދިޔާކޮށްފި އެވެ.

އާރުޑީސީން ބުނީ، އެ ކުންފުނީގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައަށްވާ 210,594.95 ރުފިޔާ ހަދިޔާކުރީ ފަލަސްތީންގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން މިއަދު ކުރިއަށް ގެންދާ ގައުމީ ޓެލެތޯނަށް ކަމަށެވެ.

އަދި އެ ކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމި ތިބޭނީ ފަލަސްތީން ރައްޔިތުންނާއެކު ކަމަށް ބުންޏެވެ.

”ފަލަސްތީނާއެކު ދިވެހީން“ގެ ނަމުގައި ޕީއެސްއެމް އާއި މީޑިއާތައް ގުޅިގެން މިއަދު ހެނދުނު 8:00 ގައި ފެށި ޓެލެތޯން މިރޭ 12:00 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވާއިރު، އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފަ އެވެ. އޮންލައިންކޮށް ފައިސާ ޖަމާކުރުމަށް:

  • ދިވެހި ފައިސާ އިން ނަމަ 7730000655865

  • ޑޮލަރުން ނަމަ 7730000655866

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.