ދިވެހި ސިފައިންގެ ފަރާތުން ފަލަސްތީން ފަންޑަށް 2.1 މިލިއަން ރުފިޔާ!

މ
12 ޖޫން 2024 21:141 މިނިޓުގެ ކިޔުން
Aa

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ސިފައިން ޓެލެތޯނަށް ފައިސާ ހަދިޔާ ކުރުމުގެ ތެރެއިން

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ޓެލެތޯނަށް އެމްއެންޑީއެފްގެ ފަރާތުން 2.1 މިލިއަން ރުފިޔާ މިއަދު ހަދިޔާކޮށްފި އެވެ. މިއީ ޓެލެތޯނަށް އެއްފަރާތަކުން ހަދިޔާކުރި އެންމެ ބޮޑު އަދަދެވެ.

ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވި ހަފުލާއެއްގައި އެ ފައިސާގެ ރަމްޒީ ބޯޑު ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ. ހަފުލާގައި ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ އަދި އެމްއެންޑީއެފް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޕީއެސްއެމް އާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން މިއަދު ހެނދުނުން ފެށިގެން ކުރިއަށް ގެންދާ ޓެލެތޯން އަށް އަށް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.

”ފަލަސްތީނާއެކު ދިވެހީން“ގެ ނަމުގައި ޕީއެސްއެމް އާއި މީޑިއާތައް ގުޅިގެން މިއަދު ހެނދުނު 8:00 ގައި ފެށި ޓެލެތޯން މިރޭ 12:00 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވާއިރު، އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފަ އެވެ. އޮންލައިންކޮށް ފައިސާ ޖަމާކުރުމަށް:

  • ދިވެހި ފައިސާ އިން ނަމަ 7730000655865

  • ޑޮލަރުން ނަމަ 7730000655866

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.