ފޮޓޯ: ރާއިފް

މީދޫ މިސްކިތެއް ތެރޭ ޓިކްޓޮކް ކުޅުނު އަންހެނެއްގެ މައްސަލަ ބަލަނީ

މ
22 ޖޫން 2024 20:471 މިނިޓުގެ ކިޔުން
Aa

ރ. މީދޫ

ރ. މީދޫ މިސްކިތެއް ތެރޭ ޓިކްޓޮކް ކުޅުނު އަންހެނެއްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މީދޫގެ އެންމެ ދުވަސްވީ މައި މިސްކިތް ގޯތިތެރެއާއި މިސްކިތްތެރޭ ޓިކްޓޮކެއް ކުޅެ އާންމުކޮށްފައި ވަނީ އެ ރަށުގައި އީދު ޝޯ އެއް ދޭން ދިޔަ ”ދަންދަނާ“ ގުރޫޕްގެ އަންހެނެކެވެ.

އެ މައްސަލައިގައި އާންމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ފެށުމުން އެ ވީޑިއޯ ވަނީ ނަގައިފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިރޭ ބުނީ މީދޫގައި އީދު ޝޯ ދޭން ގޮސް ތިބި ގުރޫޕެއްގެ އަންހެނަކު އެ ރަށު މިސްކިތް ތެރޭގައި ޓިކްޓިކް ކުޅުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.