ހައްޖަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

މ
13 ޖޫން 2024 10:38އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ރާއްޖެ އިން ހައްޖުގެ އަޅުކަމަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރޭގެ ވަގުތެއްގައި ނިޔާވީ ރ. ހުޅުދުއްފާރު/ ހަފީޒީހިޔާ، ފާތިމަތު ހަފީޒާ، 80 އަހަރު ކަމަށެވެ.

އޭނާގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު މަސްޖިދުލް ހަރަމުގައި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ހަފީޒާ ހައްޖުގެ އަޅުކަމަށް ދިޔަ ފުރަތަމަ ފަހަރެވެ.

އޭނާ މި އަހަރު ހައްޖަށް ދިޔައީ އާއިލާގެ ތިން މެންބަރުންނާއެކު ކަމަށާއި އޭނާ ހައްޖަށް ދާން ފައިސާ ދައްކައިގެން ހުންނަތާ ހަ އަހަރު ވެދާނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.