ފިޔޯރީން ގެއްލުނު ކުއްޖާ އޮތީ ފަޅު ގޯއްޗެއްގެ ތެރޭގައި ހޭނެތިފައި

މ
23 ޖޫން 2024 10:321 މިނިޓުގެ ކިޔުން
Aa

ގދ. ފިޔޯރީން ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ ފެނިއްޖެ އެވެ.

އިއްޔެ ހަވީރު 5:35 ހާއިރުން ފެށިގެން ގެއްލިގެން ހޯދަމުންދިޔައީ އެ ރަށު މަރިޔަމް މީނަލް މުހައްމަދު ނަމަކަށް ކިޔާ ނުވަ އަހަރުގެ ކުއްޖެކެވެ. އެއާއެކު ރަށުގެ ރައްޔިތުން ގުޅިގެން ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށި އެވެ.

ފުލުހުން ރޭ ބުނީ، އެ ކުއްޖާ މިހާރު ފެނިފައިވާ ކަމަށާއި ކުއްޖާ ފެނުނުއިރު ހީކަރުވައި، ވަރުދެރަވެފައި ހުރުމުން ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ ފެނުނީ އެ ކުއްޖާ އުޅޭ ގެއާ މާ ދުރުނޫން ހިސާބެއްގައި ހުންނަ ފަޅު ގޯއްޗެއްގެ ތެރޭގައި ހޭނެތިފައި އޮއްވަ އެވެ. ކުއްޖާ ފަޅު ގޯއްޗެއްގެ ތެރޭގައި އޮތް ސަބަބެއް އަދި ނޭނގެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.