ޕާކު ކޮށްފައިހުރި ސައިކަލްތަކެއްގައި ރޯވެ، ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

މ
17 ޖޫން 2024 01:281 މިނިޓުގެ ކިޔުން
Aa

ސައިކަލްތަކުގައި ރޯވި އަލިފާން ނިއްވާލައިފައި / ފޮޓޯ: އެމްއެންޑީއެފް

ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 00:37 އެހާކަންހާއިރު ކަމަށެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސައިކަލުތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ މިރޭ 00:42 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގައި ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި ކަމަށާއި އެއްވެސް މީހަކަށް އެ ހާދިސާގައި އަނިޔާ ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.