ފުލުހެއްގެ ގައިގައި ކާރުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް

މ
23 ޖޫން 2024 17:401 މިނިޓުގެ ކިޔުން
Aa

ހުޅުމާލޭގައި ހިންގި މާރާމާރީއެއްގެ ސީނަށް ދިޔަ ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށް ފަހު ފިލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހެއް ކަމަށެވެ. އެ މީހާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ މި ފަހުން ހިންގި ސިލްސިލާ މާރާމާރީގެ ތެރެއިން މި މަހު 15 ވަނަ ދުވަހު، ހުޅުމާލޭ ފިލިގަސް މަގުގައި ހިންގި މާރާމާރީއެއްގައި ސީނަށް ދިޔަ ފުލުހެއްގެ ގައިގައި ކާރަކުން ޖައްސައި ދެ މީހަކު ވަނީ ފިލައިފައިވާ ކަމަށެވެ.

އެ ދެ މީހުންގެ ތެރެއިން އެކަކު މިދިޔަ ހަފުތާގައި ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިދީފައި ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.