ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މ
17 ޖޫން 2024 19:071 މިނިޓުގެ ކިޔުން
Aa

ކ. ތިލަފުށީގައި ހުރި ”ރާއްޖެ ލޮޖިސްޓިކްސް“ ގުދަނުގައި މިއަދު ރޯވި އަލިފާން ނިއްވައިލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 14:35 ހާއިރު ކަމަށެވެ. އެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް، ތިލަފުށި ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ގުދަނުގައި ރޯވި އަލިފާން،ނިއްވާލެވުނީ މިއަދު 15:35 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގައި ގުދަނުގައި ހުރި ހާޑްވެއާ ސާމާނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.