ޓާފުތަކުގައި ދެ ފަހަރު ރޯކޮށްލުމަށްފަހު މި ފަހަރު ރޯކޮށްލީ ދަނޑުގައި!

މ
17 ޖޫން 2024 20:081 މިނިޓުގެ ކިޔުން
Aa

ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ބަޔަކު އަލިފާން ރޯކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ މިއަދު ފަތިހު 5:24 އެހާކަންހާއިރު ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަލިފާން ރޯވެގެން ރިޕޯޓެއް ލިބުނު ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާ ކަމަށެވެ.

ނޮޅިވަރަމް ފުޓްސަލް ދަނޑާ ގުޅިގެން އަލިފާނު ރޯކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ ޖެނުއަރީ 31 ގައި އެ ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފު ރޯލުތަކެއްފައި ރޯކޮށްލި އެވެ. އެ ފަހަރު ރޯކޮށްލީ ޓާފު އަޅަން ތިން ދުވަހަށްވެފައި ހުއްޓަ އެވެ. އެއަށްފަހު ޖެހިގެން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ބާކީ ހުރި 12 ޓާފު ރޯލުގައިވެސް ރޯކޮށްލި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.