މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރީކުރާކަމުގެ ތުހުމަތުގައި ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި

މ
14 ޖޫން 2024 19:34އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ކުޅުދުއްފުށި ސިޓީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންސްފިއެވެ.

ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ހެނދުނު 09:38 އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އެ ސިޓީން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިފަހުން ފުލުހުން ވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ކުށްތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުން ވަނީ މިފަހުން ފަލަމަސްގަނޑުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު ވެސް ހައްޔަރުކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.