ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އަރާ ދެ މީހަކަށް އަނިޔާވެއްޖެ

މ
14 ޖޫން 2024 19:431 މިނިޓުގެ ކިޔުން
Aa

މާލެއިން ފުރައިގެން، ތ. ކިނބިދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ކިނބިދޫ ނެރު ފަސްގަނޑަށް އަރާ އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގައިފައިވަނީ މިއަދު 5:00 ޖެހިއިރު ކަމަށެވެ. އެކްސިޑެންޓްވެފައިވަނީ ވެލިމާ ނަމަކަށް ކިޔާ ލޯންޗެއް ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.

އެ އެކްސިޑެންޓް ހިނގިއިރު ލޯންޗްގައި ތިން މީހަކު ތިބި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.