ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކަށް ލުއިގޮތްތަކެއް ހަމަޖެހިގެންދާނެ: ރައީސް

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުތަކަށް ލުއި ގޮތްތަކެއް ހަމަޖެއްސެވުމަށް ޗައިނާ ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދެއްވުމަށް ޗައިނާ ސަރުކާރާއެކު މަޝްވަރާކުރެވުނުކަމަށެވެ. އެގޮތުން ދެ ޤައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކުގައި ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ޗައިނާ ސަރުކާރުގައި އެދިފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން އެދުމުން އެކަމަށް ޗައިނާއިން ފުރިހަމައަށް އިޖާބަ ދީފައިވާކަމަށެވެ. އެގޮތުން ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ފަސްއަހަރަށް ދިގު ދައްމާލަން މަޝްވަރާކުރެވުނުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުތަކަކީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް ހިންގެވުމަށް ނަގާފައިވާ ލޯނުތަކެކެވެ. އެގޮތުން ބްރިޖު މަޝްރޫޢާއި، ހިޔާ ފްލެޓްތަކާއި އަދި އެ ނޫންވެސް ތަރައްޤީއާ ގުޅޭ މުހިއްމު ގިނަ މަޝްރޫޢުތަކަކަށް ޗައިނާއިން ވަނީ ރާއްޖެއަށް ލޯނުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.