އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް މަޝްރޫއުގެ ބިންގާ ނައިބު ރައީސް އަޅުވައިދެއްވައިފި

މ
28 ޖޫން 2024 00:311 މިނިޓުގެ ކިޔުން
Aa

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު“އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް“ މަޝްރޫއުގެ ބިންގާ މިއަދު އަޅުއްވައިދެއްވައިފި އެވެ.

އެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ހުޅުމާލެ ފޭސް 2 ގަ އެވެ،

ހުޅުމާލޭ ފޭސްދޭއްގައި ނަވާރަހާސް އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ހިންގާ އެ މަޝްރޫއުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކޮށްފައި ވަނީ ބެޗް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް 2ގެ އިރުއުތުރު ކަންމަތީގައި ތަރައްގީކުރާ މި ސަރަހައްދުގައި މަތީ ފަންތީގެ 3 ބާވަތެއްގެ ގެދޮރު ތަރައްގީކުރާނެ އެވެ. އޭގެ ތެރޭގައި ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓް ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް ތަރައްގީކުރާނެ އެވެ.

މަތީފަންތީގެ ހިދުމަތްތަކާއެކު ގެދޮރު ތަރައްގީކުރުމުގެ އެ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 3 އަހަރުގެ މުއްދަތެއްގެ ތެރޭގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.