ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކު ހިތް ހުއްޓިގެން މަރުވެއްޖެ

މ
28 ޖޫން 2024 16:061 މިނިޓުގެ ކިޔުން
Aa

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ށ. ފުނަދޫ/ ޒަމާނީ ވިލާ، މުހައްމަދު ޖަމީލް (45 އަހަރު) އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދިން ކަމަށެވެ.

ނަމަވެސް އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދިން ކަމަށާއި އަދި 12:45 ގައި އޭނާގެ ހިތް ހުއްޓިގެން ނިޔާވިކަމަށް ޑޮކްޓަރުން ކަނޑައެޅި ކަމަށް ބުންޏެވެ.

ކަރެކްޝަނުން ބުނީ ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށެވެ. މީނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށްވެސް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.