ޑްރަގް އޮޕަރޭޝަނެއް ހުއްޓުވަން ފުވައްމުލަކުގައި ފުލުހުންނާ ކުރިމަތިލައިފި، 3 މީހަކު ހައްޔަރުކޮށްފި

މ
25 ޖޫން 2024 23:471 މިނިޓުގެ ކިޔުން
Aa

ފުވައްމުލަކު ސިޓީގެ ދޫޑިގަމް އަވަށުގައި ފުލުހުން މިރޭ ހިންގި ޑްރަގް އޮޕަރޭޝަނަކަށް ބަޔަކު ހުރަސްއަޅައި ހިންގި ހަމަނުޖެހުމެއްގައި ފުލުހަކަށް އަނިޔާވެ، ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ އެ ކުރިމަތިލުން ހިނގީ، އެ އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ކުރުމުން، އިތުރު ބަޔަކު އައިސް އެކަމަށް ހުރަސް އެޅުމުގެ ސަބަބުން ކަމަށެވެ.

އެ މީހުން ވަނީ ފުލުހުންގެ ކުރިމަތިލައި ފުލުހުންގެ ވާޖިަބަށް ހުރަސްއަޅާފައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.