ތަޅާނެ ދޭވާންޏެއް ނެތިގެން ހައްދު ނުޖެހިފައި!

މ
2 ޖުލައި 2024 20:091 މިނިޓުގެ ކިޔުން
Aa

ކްރިމިނަލް ކޯޓް އިމާރާތް

ކްރިމިނަލް ކޯޓުގައި މި ވަގުތު ދޭވާނީއެއް ނެތުމުގެ ސަބަބުން ހައްދު ނުޖަހާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ހައްދު ޖެހުމަކީ ކަރެކްޝަނަލް ސާވިސްގެ ޒިންމާގެ ދަށުން ކުރާ ކަމެކެވެ. ނަމަވެސް ހައްދު ޖެހުމުގެ ކަންކަން ތަންފީޒު ކުރަން ދޭވާނީއެއް ހޯދަން ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 26 ގައި ވަނީ އިއުލާންކޮށްފަ އެވެ. އެ އިއުލާނުގެ މުއްދަތު މާދަމާ އަށް ހަމަވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޕްރޮސިކިއުޓާ ޖެނަރަލް ޝަމީމް މިއަދު ވިދާޅުވީ ހައްދުގެ ހުކުމެއް ކުރި ނަމަވެސް، ކްރިމިނަލް ކޯޓުގައި ހައްދު ޖަހާނެ މީހަކު ނެތުމުގެ ސަބަބުން އެކަން ތަންފީޒު ނުކުރާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

ނަމަވެސް އެ މަގާމު ހުސްވެފައިވަނީ ސީދާ ކޮން ދުވަހަކު ކަމެއް އަދި އެކަމާ ހެދި ތަންފީޒު ނުވެ އޮތީ ކިހާ ހައްދުގެ ހުކުމެއް ކަމެއް ޝަމީމު ވިދާޅެއް ނުވެ އެވެ.

ހައްދުގެ ހުކުމް ތަންފީޒު ކުރާނީ އިސްތިއުނާފީ ހުރިހާ މަރުހަލާއެއް ނިމުމުން ނުވަތަ އިސްތިއުފާނު ނުކުރާ ނަމަ އެއީ ނިހާއީ ހުކުމެއް ކަން ދައުލަތުން ކަށަވަރު ކުރުމަށް ފަހު އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.