ޕްރައިމަރީއާ ނުލައި އިތުރު 10 ބޭފުޅަަކަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެއްޖެ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

މިއަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީއާ ނުލައި އިތުރު 10 ބޭފުޅަކަށް ޓިކެޓް ކަށަވަރުވެއްޖެ އެވެ.

ޕްރައިމަރީއާ ނުލައި ޓިކެޓް ކަށަވަރުކުރި ބޭފުޅުންގެ ތެރޭގައި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ އެމްޑީޕީ ތިން މެންބަރުން ހިމެނެ އެވެ.

ޕްރިމަރީއަކާއި ނުލާ ޓިކެޓް ކަށަވަރުވި ބޭފުޅުން

  1. އަމީން ފައިސަލް – ކަނޑިތީމު ދާއިރާ

  2. ސަލީމް ހުސައިން – އިނގުރައިދޫ ދާއިރާ

  3. އަލީ ނިޔާޒު – ކުރެންދޫ ދާއިރާ

  4. ޝާތިރު އަބްދުއްރަހްމާން – ހުރާ ދާއިރާ

  5. ރުގިއްޔާ މުހައްމަދު – ދަނގެތީ ދާއިރާ

  6. މޫސާ ޝިޔާމް އަބްދުﷲ އަލީ – މުލަކު ދާއިރާ

  7. އަބްދުﷲ ޝަރީފް – ގަމު ދާއިރާ

  8. އަހުމަދު ސައީދު – ގެމަނަފުށީ ދާއިރާ

  9. އަހްމަދު ސައީދު މުހައްމަދު – ގައްދޫ ދާއިރާ

  10. އިބްރާހީމް މުއިއްޒު – ހެންވޭރު އުތުރު ދާއިރާ

މީގެކުރިން ވަނީ ޕްރައިމަރީއަކާ ނުލައި 34 ބޭފުޅަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވާފަ އެވެ.

އެމްޑީޕީން ބުނިގޮތުގައި އެޕާޓީގެ ޕްރައިމަރީ އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ތިނެއްވާ ހޮނިހިރު ދުވަހު އެވެ..

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17ގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.