ބޫޓާނުން އެނބުރި ވަޑައިގެންނެވިތާ ހަފުތާއެއް ނުވަނީ މިނިސްޓަރު ތޯރިގު އަބޫ ދާބީއަށް

މ
1 ޖުލައި 2024 15:25އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ރަސްމީ ދަތުރެއްގައި އަނެއްކާވެސް ރާއްޖެއިން ބޭރަށް ވަޑައިގެންފި އެވެ.

ތޯރިގު ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޫޓާނަށް ވަޑައިގެންފަ އެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި ތާރިގުގެ އެ ދަތުރަކީ މިދިޔަ ހަފުތާގައި ކުރިއަށްދިޔަ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) ގެ 16 ވަނަ ގަވަނިން ކައުންސިލް މީޓިންގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ.

އެ ދަތުރަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު ހަފުތާއެއް ނުވަނީސް ތޯރިގު މިހާރު ވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ވަޑައިގެންފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި ތޯރިގުގެ އެ ދަތުރަކީ މިއަދު ބާއްވާ ގްލޯބަލް ސަސްޓެއިނެބިލިޓީ ފޯރަމުގައި ބައިވެރިވުމަށް ކުރައްވާ ދަތުރެކެވެ.

އެ ފޯރަމުގައި ކުދި ޖަޒީރާ ގައުމުތަކުގެ ވިލުންތެރިކަމާ ގުޅޭ ގޮތުން ބާއްވާ ޕެނަލްގައި ތޯރިގު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ބުންޏެވެ.

ތޯރިގު، ހަފުތާއެއްގެ ތެރޭގައި ރާއްޖެއިން ބޭރަށް ދެ ދަތުރެއް ކުރެއްވި އިރު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ނިންމަވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.