ހުޅުމާލެ ކައިރިއަށް ޑައިވިންއަށް ދިޔަ އަންހެނަކު މަރުވެއްޖެ

މ
12 ޖުލައި 2024 17:451 މިނިޓުގެ ކިޔުން
Aa

ހުޅުމާލެ 2ގެ ހިޔާ ޓަވަރު ސަރަހައްދު

ހުޅުމާލެ ކައިރިއަށް ޑައިވިންއަށް ދިޔަ އަންހެނަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ތައިލެންޑްގެ އުމުރުން 55 އަހަރުގެ އަންހެނެކެވެ. އެއީ ޓޫރިސްޓެއް ކަމެއް ނުވަތަ ރާއްޖޭގައި މަސައްކަތް ކުރާ އަންހެނެއް ކަމެއް އަދި ނޭނގެ އެވެ.

ފުލުހުން މީޑިއާތަކަށް ދެންމެ ފޮނުވި މެސެޖެއްގައި ބުނީ، އޭނާ ގެނބިގެން މަރުވެފައިވާ ކަމަށް އެ އިދާރާއަށް ރިޕޯޓްކުރީ މިއަދު 11:00 ޖަހާކަންހާއިރު ކަމަށެވެ.

އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.