ކެރެލާގައި ނުރައްކާތެރި ބައްޔެއް ފެތުރޭތީ ދިވެހިން ސަމާލުވުމަށް އަންގައިފި

މ
13 ޖުލައި 2024 00:201 މިނިޓުގެ ކިޔުން
Aa

xr:d:DAFkRSRpjjs:532,j:5301130758091056817,t:23062006

ދިވެހިން ވަރަށް ގިނައިން ގޮސް އުޅޭ އިންޑިއާގެ ކެރެލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ، ”ބްރެއިން އީޓިން އެމީބާ އިންފެކްޝަން“ ފެތުރެމުންދާތީ ދިވެހިން ސަމާލުވާން އަންގައިފި އެވެ.

އިންޑިއާގެ ޓްރިވަންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ”ބްރެއިން އީޓިން އެމީބާ އިންފެކްޝަން“ ބައްޔަށް ސަމާލުވުމަށް ކެރެލާގެ ސިއްހަތާ ބެހޭ ވުޒާރާތަކުން އިލްތިމާސްކޮށްފައިވާ ކަމަށެވެ.

އެ ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ބޮލުގައި ރިއްސުމާއި ހޮޑުލުމާއި ކަނދުރާގެ ނާރު އެރުމާއި ވާނުވާ ނޭނގުން އަދި ފިޓު ޖެހުން ފަދަ ކަންކަމަށް ކޮންސިއުލޭޓުން ބުންޏެވެ. އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ކޮންސިއުލޭޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮންސިއުލޭޓުން ބުނީ ”ބްރެއިން އީޓިން އެމީބާ އިންފެކްޝަން“ ބައްޔަކީ

ކަންފަތުން ނުވަތަ ނޭފަތުން ހަށިގަނޑު ތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރުފަދަ ތަންތަނަށް މި ދުވަސްވަރު އެރުން ރައްކާތެރިއެއް ނޫން ކަމަށެވެ.

އަދި ސްވިމިން ޕޫލަށް އެރޭ ނަމަވެސް ކަންފަތާއި ނޭފަތަށް ފެން ނޭޅޭ ގޮތަށް އިޔާ ބަޑް ނުވަތަ ނޭސަލް ކްލިބް ބޭނުންކުރުމަށް ކޮންސިއުލޭޓުން ވަނީ އިލްތިމާސްކޮށްފަ އެވެ/

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.