ހަފްތާ ފޮޓޯ

ސްޓެލްކޯގެ ކޭބަލްތަކެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މ
6 ޖުލައި 2024 22:481 މިނިޓުގެ ކިޔުން
Aa

ފުލުހުންގެ މައި އިދާރާ

ސްޓެލްކޯގެ ކޭބަލްތަކެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ

މަޖީދިއްޔާ ސްކޫލު ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަންގެ ކޭބަލްއެއް ބުރިކޮށް އެ ތަކެތި ވަގަށް ނަގައި، އިތުރު ކޭބަލްއެއް ވަގަށް ނަގަން މަސައްކަތް ކޮށްފައިވަނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ބުނީ އެ މައްސަލައިގެ ތުހުމަތަށް 32 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޭބަލްތައް ވަގަށް ނަގާ މައްސަލައާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ފަހުމީ ވިދާޅުވީ، ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތައް ބުރިކުރަން އުޅުމަކީ އެކަން ކުރާ މީހުންނަށް އިންތިހާއަށް ނުރައްކާ އޮތް ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސްޓެލްކޯއަށް ލިބޭ ގެއްލުމުގެ އިތުރުން އާންމު ރައްޔިތުން ކަރަންޓުގެ ހިދުމަތުން މަހުރޫމު ކުރެވި, ލިބޭ ގެއްލުންތަކުން ސަލާމަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.