އައިސީސީޕީއާރުގެ ހައްގުތައް ދޭނީ އިސްލާމް ދީނުގެ ތެރެއިން ކަމަށް ރާއްޖެއިން ބުނެފި

މ
11 ޖުލައި 2024 00:291 މިނިޓުގެ ކިޔުން
Aa

ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މުއާހަދާ ކަމަށްވާ އދ.ގެ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގެ ދަށުން ރާއްޖޭގައި ހައްގުތައް ކަށަވަރުކުރާނީ އިސްލާމް ދީނުގެ އަސްލުތަކާ އެއްގޮތަށް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ޖެނީވާފައި ކުރިއަށްގެންދިޔަ މަދަނީ އަދި ސިޔާސީ ހައްގުތަކާއި މިނިވަންކަން އެ ގޮތުގައި ލިބިދޭ ކަން ކަށަވަރުކޮށް ދިނުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ރިޕޯޓު ހުށަހެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ އިސްލާމް ދީނަކީ ދިވެހި ރައްޔިތުކަމުގެ މައިގަނޑު އެއް އަސާސް ކަމަށާއިއެއީ ދިވެހި މުޖުތަމައުގައި ބަދަލުކުރުމަށް ޖާގަ ނުދެވޭނެ އަސްލެއް ކަމަށެވެ.

އަދި ވިދާޅުވީ އައިސީސީޕއާރްގެ ދަށުން ރާއްޖޭގައި ހައްގުތައް ދިނުމުގައި ރާއްޖޭގެ ގާނޫނަށާއި ގަވާއިދަށް ބަލާނެ ކަމަށާއި ހައްގުތައް ދޭނީ އެ އިމުގެ ތެރެއިން ކަމަށެވެ.

ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްދިޔަ އެ ރިވިއުގައި، ރައީސް އޮފީހާއި، އެޓަނީ ޖެނެރަލްގެ އޮފީހާއި، ފޮރިން މިނިސްޓްރީއާއި ހޯމް މިނިސްޓްރީއާއި ޖެންޑާ މިނިސްޓްރީއާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން ހިމެނޭގޮތުން، ދިވެހި ސަރުކާރުގެ ހައި-ލެވެލް ޑެލެގޭޝަނެއް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.