ނޫސްވެރިންގެ އެވޯޑަށް 88 ހުށަހެޅުން ހުށަހަޅައިފި

މ
11 ޖުލައި 2024 00:431 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކޮންމެ އަހަރަކު ދޭ ނޫސްވެރިކަމުގެ އިނާމަށް ހުޅުވާލި ފުރުސަތުގައި މިއަހަރު 88 ހުށަހެޅުން ލިބިފައިވާ ކަމަށް އެމްއެމްސީ އިން ބުނެފި އެވެ.

އެމްއެމްސީން ބުނީ ނޫސްވެރިކަމުގެ އެވޯޑަކީ ނޫސްވެރިން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ މަގުސަދުގައި ދޭ އެ އެވޯޑެއް ކަމަށެވެ. އެ އެވޯޑަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހަމަވިއިރު އެކި ކެޓަގަރީތަކުން ޖުމްލަ 88 ހުށަހެޅުން ލިބިފައިވާ ކަމަށް އެމްއެމްސީން ބުންޏެވެ.

މި އަހަރު އެވޯޑް ދިނުމަށް އެމްއެމްސީ އިން ނިންމާފައިވަނީ 18 ދާއިރާ:

ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ
ގްރެފިކްސް އާއި އިލެސްޓްރޭޝަންގެ ދާއިރާ
ތިިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ
އިޖުތިމާއީ ދާއިރާ
ތާރީހާއި ސަގާފަތުގެ ދާއިރާ
އުއްމީދީ ނޫސްވެރިޔާގެ އިނާމު
ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
ސިޔާސީ ދާއިރާ
އަހަރުގެ އެންމެ މޮޅު ކަވަރޭޖު
ވީޑިއޯ ޑޮކިއުމަންޓްރީގެ ދާއިރާ
ޝަރުއީ އަދި ގާނޫނީ ދާއިރާ
އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ
ފީޗަ ރިޕޯޓުގެ ދާއިރާ
ތަހުގީގީ ނޫސްވެރިކަން
މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
ކުޅިވަރުގެ ދާއިރާ
އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ

އެމްއެމްސީން ބުނީ އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވަނީ އޯޑިއޯ ޖާނަލިޒަމާއި އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމަށް ކަމަށެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ދިނުމުގެ ޖަލްސާ ބާއްވަން އެމްއެމްސީން ނިންމާފައިވަނީ އަންނަ މަހު އެވެ.

ނޫސްވެރިންގެ އެވޯޑް ތައާރަފްކޮށް، އެވޯޑް ދޭން ފަށައިފައިވަނީ 2013 ވަނަ އަހަރު އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.