މާލޭގައި މީހަކު ރަހީނުކޮށް ފޭރިއްޖެ، އެ މީހާގެ އޮރިޔާން ފޮޓޯވެސް ނެގި!

މ
11 ޖުލައި 2024 11:341 މިނިޓުގެ ކިޔުން
Aa

ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ

މާލޭގައި މީހަކު ރަހީނުކޮށް ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.

އޭނާ ބަންދުކުރަން ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ހުއްދަ ނޫން ގޮތެއްގައި މީހުން ހިފެހެއްޓުމާއި ފޭރުމާއި ބިރުދެއްކުމުގެ އިތުރުން، އޮރިޔާންކާޑު އުފެއްދުމުގެ ތުހުމަތެވެ.

އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ސީސީޓީވީ ސްނެޕްޝޮޓާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާންވެސް ހުށަހަޅާފައިވާ ކަމަށް ބަންދު އަމުރުގައިވެ އެވެ.

އޭގެ އިތުރުން އަނިޔާ ލިބުނު ފަރާތުން ފާހަގަކުރި ގަޑިތަކުގައި އޭނާ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ މަންޒަރު ފުޓޭޖުން ފެންނަ ކަަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.