ޤައުމިއްޔަތު މާއްދާ ފުރަތަމަ ކިޔަވައިދޭނީ ގްރޭޑް 4 ގެ ދަރިވަރުންނަށް: ޑރ. ޝަފީޢު

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ޤައުމިއްޔަތު މާއްދާ ޓެސްޓުކުރަން ފުރަތަމަ ކިޔަވައިދޭނީ ގްރޭޑް 4 ގެ ދަރިވަރުންނަށް ކަމަށް ތައުލީމީކަންތަށް ތަކާއި ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ޑރ. ޝަފީޢު ވިދާޅުވީ މި މާއްދާ ރަސްމީކޮށް މަންހަޖުގައި ހިމެނުމުގެ ކުރިން ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން 3 ހަފްތާއެއްހާ ދުވަހުގެ ތެރޭ ގްރޭޑް 4 ގެ ދަރިވަރުންނަށް އެ މާއްދާ ޕައިލެޓްކޮށް ކިޔަވައިދޭން ފަށްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ޕައިލެޓް ޕްރޮގްރާމް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމިފައިވާކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ ޕައިލެޓްކޮށް ކިޔަވައިދޭން ފެށުމުގެ ކުރިން މިހާރު ކިޔަވައިދެމުންދާ މާއްދާތަކުގައި ޤައުމިއްޔަތުގެ ބަހާތަށް ހުރި މިންވަރު ދެނެގަނެވިފައިވާކަމަށެވެ.

”މާއްދާތަކުގައި ޤައުމިއްޔަތުގެ ބަހާތައް ހުރި މިންވަރު ވަނީ ދެނެގަނެވިފައި. އައު މާއްދާއެއް ވުޖޫދުކުރުމަށްޓަކައި ކުރަންޖެހޭ ބައެއް މަސައްކަތްތައްވެސް މިހާރު ވަނީ ކޮށްފައި. ޕައިލެޓް ޕްރޮގްރާމްގެ ނަތީޖާއަށް ބެލުމަށްފަހު ރަސްމީކޮށް މަންހަޖުގައި ހިމަނާނަން.“ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ގައުމިއްޔަތު އެހެން މާއްދާތަކުގެ ތެރެއިން އުނގަންނައިދެމުންދާކަމަށެވެ. ނަމަވެސް އެ މާއްދާއަކީ ފުޅާ އަދި މުހިއްމު މާއްދާއެއް ކަމަށްވުމުން ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދީފިނަމަ، އޭގެ ސަބަބުން ބެލެނިވެރިންނާއި ދަރިވަރުންނަށް ގައުމިއްޔަތާއިބެހޭ އިތުރު ސައްހަ މައުލޫމާތު ލިބި ގައުމަށް ދަރިވަރުންގެ ހިތުގައި އޮތް ލޯބި އިތުރުވާނެކަމަށެވެ.

އެގޮތުން، ގައުމިއްޔަތު މާއްދާގެ ޕައިލެޓުކުރުން ގާތްގަނޑަކަށް 3 ހަފްތާ ތެރޭގައި ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އަދި، އެ ޕްރޮގްރާމް ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ

މީގެ އިތުރުން، ގްރޭޑް 4 ގެ ދަރިވަރުންނަށް ގައުމިއްޔަތު މާއްދާ ޕައިލެޓް ކުރުމަށްފަހު އެ ޓެސްޓުން ނިކުންނަ ނަތީޖާތަކަށް ގޮތް ނިންމުމުގައި ރިއާޔަތްކުރާނެކަން ވަޒީރު ފާހަގަކޮށްފައިވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.