އަމިއްލަ ފަރާތްތަކެއްގެ އެހީގައި މާލެ ސަރަޙައްދުގައި 3 މިސްކިތެއް އަޅަނީ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

އަމިއްލަ ފަރާތްތަކެއްގެ އެހީގައި މާލެ ސަރަޙައްދުގައި 3 މިސްކިތް އެޅުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝަހީމް ވިދާޅުވީ، މީގެ ތެރެއިން 2 މިސްކިތް ހުޅުމާލޭގައި އަދި މާލޭގައި އެއް މިސްކިތް އެޅުމަށް ނިންމަވާފައިވާކަމަށެވެ.

ޝަހީމް ވިދާޅުވީ މި 3 މިސްކިތަކީ ވެސް އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީގައި ބިނާކުރާ މިސްކިތްތަކެއް ކަމަށެވެ. އެ ފުރުޞަތު އެ ފަރާތްތަކަށް ފަހިކޮށްދީ ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި މި މިސްކިތްތަކުގެ މަސައްކަތް ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގައި ޒަމާނީ އިސްލާމީ ލައިބްރަރީއެއް ޤާއިމު ކުރުމަށް ނިންމަވާފައިވާކަމަށްވެސް ވިދާޅުވެފައެވެ. މި ލައިބްރަރީގެ ސަބަބުން ޒުވާނުންނާއި ޢިލްމީ ދިރާސާކުރާ ފަރާތްތަކަށް ފަހި ޢިލްމީ މާހައުލެއް ޤާއިމު ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.