ޖަމިއްޔާތަކުގެ ލިސްޓުގައި ސަލަފާއި މައުމޫން ފައުންޑޭޝަން ނެތް!

މ
16 ޖުލައި 2024 11:231 މިނިޓުގެ ކިޔުން
Aa

ސަލަފް ޖަމިއްޔާގެ ރައީސް ސް އައްޝައިހް އަބްދުﷲ ބުނު މުހައްމަދު އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކުގެ ލިސްޓު ޔޫތް މިނިސްޓްރީން އާންމުކުރި އިރު، އެ ލިސްޓުން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ މައުމޫން ފައުންޑޭޝަނާއި ސަލަފް ޖަމިއްޔާ އުނިކޮށްފި އެވެ.

ޔޫތު މިނިސްޓްރީން އިއްޔެ އާންމުކުރި ”މަދަނީ ޖަމިއްޔާތަކުގެ ލިސްޓް 2024“ ގައިވާ ގޮތުން ރާއްޖޭގައި 642 ޖަމިއްޔާ އެބަ އޮތެވެ. އެ ލިސްޓުން ވަރަށް ގިނަ ޖަމިއްޔާތައް އުނިކޮށްފައިވާއިރު އޭގެ ތެރޭގައި ވަރަށް ހަރަކާތްތެރި ޖަމިއްޔާތައްވެސް ހިމެނެ އެވެ.

އެގޮތުން ސަލަފް ޖަމިއްޔާ، މައުމޫން ޖަމިއްޔާ، އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ޖަމިއްޔާއެއް ކަމަށްވާ ރަހްމާ ޖަމިއްޔާވެސް ވަނީ އުނިކޮށްފަ އެވެ.

ސަލަފް ޖަމިއްޔާއަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ޖަމިއްޔާ އެކެވެ. އަދި މައުމޫން ފައުންޑޭޝަނަކީ ގައުމީ އެކި މުނާސަބަތުތަކާއި ދީނީ މުހިންމު ދުވަސްތަކާއި އެ ނޫން ވެސް ފާހަގަކޮށްލެވޭ މުހިންމު މުނާސަބުތަކާއި ގުޅިގެން އިލްމީ ޖަލްސާތަކާއި ބައްދަލްވުންތައް ބާއްވާ ޖަމިއްޔާ އެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.