ތެލުގައި ފެން ހުރިކަމަށް ބުނާ ވާހަކަ އެފްއެސްއެމް އިން ދޮގުކޮށްފި

މ
16 ޖުލައި 2024 13:401 މިނިޓުގެ ކިޔުން
Aa

އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ގއ. މާމެންދޫ އަށާއި އެ އަތޮޅު ނިލަންދުއަށް ވިއްކި ތެލުގައި ފެން ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި އެވެ.

އެފްއެސްއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނިން ވިއްކާ ތެލަކީ ކޮލެޓީ ތެޔޮކަން ޔަގީންކުރުމަށް ފެނަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ތެޔޮޮ ބާޖުތަކުގައި ގާއިމުކޮށްފައި ހުންނާނެ ކަމަށެވެ.

”ތެލުގެ ކޮލެޓީ ދެމެހެއްޓުމަށް ތެޔޮ ވިއްކާ ފަރާތްތަކުން، އެކަމަށް ހެދިފައިވާ ގަވާއިދުުތަކާ އެއްގޮތަށް ތެޔޮ ރައްކާކުރާ އިންތިޒާމުތައް ތަރައްގީ ކުރުމަށާއި ކަމާބެހޭ ފަރާތްތަކުގެ ލަފައާއި އެއްގޮތަށް އަމަލު ކުރުމަށް މި ކުންފުނިން އިލްތިމާސްކުރަމެވެ،“ އެފްއެސްއެމް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.