ގައްދޫގައި އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް ބަންދަށް

މ
22 ޖުލައި 2024 19:59އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ގދ. ގައްދޫގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރޭގެ ވަގުތެއްގައި ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތަޑް 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އެފަހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ތުހުމަތަށް ހައްޔަރުކުރި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށ ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫން އެ ރަށަށް ދިޔަ ދިރާގުގެ މުވައްޒަފެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.