ޝާރްޖާގެ ބަޖެޓް އެއާލައިން، އެއާ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

މ
23 ޖުލައި 2024 12:021 މިނިޓުގެ ކިޔުން
Aa

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ބަޖެޓް އެއާލައިނެއް ކަމަށްވާ އެއާ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފި އެވެ.

އެއާ އަރަބިއާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޝާރްޖާ އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އެ އެއާލައިންގެ ޑައިރެކްޓް ދަތުރުތައް ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

އަދި އެ އެއާލައިންގެ ދަތުރުތައް ކޮންމެ ދުވަހަކު ބާއްވަން ނިންމާފައިވާއިރު، އެ ދަތުރުތަކުގައި ބޭނުން ކުރާނީ އެއާބަސް އޭ320 އަދި އޭ321 މަރުކާގެ މަތިންދާބޯޓުތަކެއް ކަމަށްވެސް އެ އެއާލައިނުން ބުންޏެވެ.

އެއާ އަރަބިއާ އަކީ މެދު އިރުމައްޗާއި އުތުރު އެފްރިކާގެ ފުރަތަމަ އަދި އެންމެ ބޮޑު ބަޖެޓް އެއާލައިނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.