ތިން މިނިސްޓަރަކު ޗައިނާއަށް ވަޑައިގަންނަވަނީ

މ
19 ޖުލައި 2024 17:031 މިނިޓުގެ ކިޔުން
Aa

ރަސްމީ ދަތުރެއްގައި ތިން މިނިސްޓަރަކު ޗައިނާއަށް މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ ދަތުރުގައި އެ ގައުމަށް ވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ކޮންސްޓްރަކްޝަން އެންޑް އިންސްފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކަމަށެވެ.

ހަތަރު ދުވަހުގެ މި ދަތުރަކީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، ރާއްޖޭގެ ފޮރިން މިނިސްޓަރާއި ޗައިނާގެ ފޮރިން މިނިސްޓަރު މި ދަތުރުގައި ރަސްމީ ވާހަކަތައް ބޭއްވެވުމުގެ އިތުރުން ޗައިނާގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގާފައިވާ ޗައިނާގެ ކުންފުނިތަކާއެކު ވެސް ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.