ގުރުއާން ހިތުދަސްކުރި 32 ފަރާތަކަށް ހާފިޒުކަމުގެ ޝަރަފުވެރި ތާޖު ހަވާލުކޮށްފި އެވެ.
ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ހާފިޒުކަމުގެ ތާޖު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ހާފިޒުކަމުގެ ތާޖު ލިބުނު ފަރާތްތައް:
ޅ. ހިންނަވަރު/ މަލާޒް، ޝައަަފް ހާމިދު އިބްރާހީމް
ހ. ލަކީލޮޖްހުޅަނގުބައި، އަބާން އިބްރާހީމް
ގދ. ތިނަދޫ/ ހެވަންޑީލް، މިބުސާމް ސަލްމާން
ހ. އިސްޓްލައިޓް/ މޫސާ އަޝަލް އަޝްރަފް
އައްޑޫ ސިޓީ/ މޫންލައިޓްހިޔާ، އަބްދުﷲ ބިން ޔާމިން
އައްޑޫ ސިޓީ/ އަލުއިމާގެ، އަބްދުﷲ ރަޝީދު
ރ. ފައިނު/ ޖަވާހިރުމާގެ، މުހައްމަދު ޔޫނުސް ބިން އިބްރާހިމް ޒާހިރު
ގދ. ފަރެސްމާތޮޑާ/ ޖަގަހަ، ރާހިން ބިން މުހައްމަދު
ގ. ފަރެސް/ އިޒްކާން އަޖީބު ހުސެއިން
ސ. ފޭދޫ/ ފަރުބަދަ، މުހައްމަދު ހަނޫން ހުސެއިން
އއ. ތޮއްޑޫ/ ދޮންމޫނިމާ، އަލީ ރައީފް
ރ. މީދޫ/ އަންބަރީގެ، ރަސްލާން އަބްދުއްރައްޒާގު އީސާ
ސ. ހިތަދޫ/ ޒިޔުރިކް، ހަސަން ނަސީރު
ފުއްވަމުލަކު ސިޓީ/ ރަޔަން، އަހުމަދު ރާއިއު ބަޝީރު
ހުޅުމާލެ ފްލެޓް 02- ޖީ-141/ އިސްމާއީލް އިޒުއާން އިބްރާހީމް
ފުވައްމުލަކު ސިޓީ/ ދަޑިމަގު، ބެންހާގެ، އަޒިން މުހައްމަދު
ފ. ބިލެތްދޫ/ އަލިވިލާގެ، އާމިނަތު އައިފާ
އައްޑޫ ސިޓީ/ މުއްތުސަންބާގެ، މަރިޔަމް މުހައްމަދު ދީދީ
އައްޑޫ ސިޓީ/ ޝެވިލް، ފާތިމަތު ދީދީ
މ. ޝޭޑީރީޖަން/ އާއިޝަތު އާން ރަޝީދު
ށ. މިލަންދޫ/ ނިޒާމް، ފާތިމަތު އިޝާ
ފުއްވަމުލަކު ސިޓީ/ ދޫޑިގަމް، މައްސާގުގެ، ޖަމީލާ އަލި ދީދީ
ފުވައްމުލަކު ސިޓީ/ ފުނާޑު، ހީނާގެ، ހަކީމަތު މުހައްމަދު
އައްޑޫ ސިޓީ/ ތިބުރޯޒުގެ، އާމިނަތު ލަތީފާ
ފުވައްމުލަކު ސިޓީ، ދަޑިމަގު، ގުލްދަސްތާގެ، ފާތިމަތު އަހުމަދު
ރ. މީދޫ/ ކުރިބޯށި، ސަހިއްޔާ އަބްދުލްޣަނީ
ށ. ބިލެތްފަހި/ މީނާޒް، ސައުދިއްޔާ މޫސާ
ދ. މީދޫ/ ފެހިގެ، ޔުމްނާ އަބްދުލްއަޒީޒު
ސ. ހިތަދޫ/ ނިކަގަސްދޮށުގެ، ފާތިމަތު ނަސީރާ
ގއ. ދެއްވަދޫ/ އަސްވާޑު، ޝަބީނާ އަބްދުﷲ
ނ. ލަންދޫ ކިނާރާ/ ޫނިސާ އަބްދުއްރަހީމް
ދ. މީދޫ/ ދިލްޝާދުގެ/ ރައުހާ އިސްމާއިލް
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިސްލާމްދީނަށް ނަސްރުދިނުމަކީ އެ މަނިކުފާނު އެންމެ އިސްކަން ދެއްވާނެ ގައުމީ އެއް ވާޖިބު ކަމަށާއި އެކަމަށްޓަކައި ގުރުއާނުގެ އިލްމު ފެތުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ގުރުއާނުގެ އިލްމާއި ގުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅުއްވަމުން އަންނަ ކަމަށެވެ.
އެގޮތުން ހިލޭ ގުރުއާން ކިޔެވޭނެ ކުލާސްތައް އިތުރުކޮށް އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ އިތުރުން ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއްކޮށް، އެކަމަށްޓަކައި ވަސީލަތްތައް އިތުރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެގުނައަށް ބޮޑުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.











ކޮމެންޓް