ފޮޓޯ: އަފްރާހް

މަކަރާއި ހީލަތުން ޑޮލަރުގެ ވިޔަފާރި ކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފި

މ
19 ޖުލައި 2024 21:471 މިނިޓުގެ ކިޔުން
Aa

މީހަކު ޑޮލަރުތަކެއް ގުނަނީ

މަކަރާއި ހީލަތުން ޑޮލަރުގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން، މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިދިޔަ ބުދަ ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތަކުގައި މަކަރާއި އޮޅުވާލައިގެން ދޭތެރެދޭތެރެއިން މީހުން ހައްޔަރުކުރެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.