ދިވެހި އަންހެނަކާ ކައިވެނިކޮށް ރާއްޖޭގައި ހަށިވިއްކާ ނެޓްވޯކެއް ހިންގި ބިދޭސީއަކު އަތުލައިގެންފި

މ
17 ޖުލައި 2024 19:48އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: އިމިގްރޭޝަން މޯލްޑިވްސް

ދިވެހި އަންހެނަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީ ފިރިހެނަކު ހިންގަމުންދިޔަ ހަށިވިއްކާ ނެޓްވޯކެއް އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ، އެ ނެޓްވޯކު އަތުލައިގަނެފައިވަނީ މި ފަހުން ހިންގި ރެއިޑްތަކުގެ ތެރެއިން ކަމަށެވެ. އަދި ހަށިވިއްކުމުގެ އެ ނެޓްވޯކުގެ ތެރޭގައި ހިމެނޭ ހުރިހާ މީހުން މިހާރު ވަނީ ޑީޕޯޓް ކޮށްލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

”އޭގެ ތެރެއިން އެއް ކޭސްމީ އިނގޭތޯ. މި މައްސަލައިގައި މި ހިމެނޭ ބިދޭސީ ފަރާތަކީ ދިވެއްސަކާ ކައިވެނި ކޮށްގެން އޭރު އުޅުނު މެރީޖް އޮފް ކޮންވީނިއަންސް ހަގީގަތުގައި މި ކަންކަމުގެ މި ހިމެނެނީ. އާރިފް ކަމަދާން ކިޔާ ބަންގްލަދޭޝް ފިރިހެނެއް މީނަ 2019 އިން ފެށިގެން މި ފޮނުވާލުމާ ހިސާބަށް 23 އަންހެނަކު ދިވެހިރާއްޖެ އެތެރެކޮށް ހަށިވިއްކުމުގެ ކަންކަމުގައި ގެންގުޅެފައިވާ ކަމަށް އަޅުގަނޑުމެންނާއި ޕޮލިހުންނާ ކުރި މަސައްކަތުން ފާހަގަވި“ ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަންގްލަދޭޝަން އަދި އިންޑިއާގެ ބައެއް މީހުން، ޔޫރަޕަށް ދިއުމުގެ ގޮތުން ރާއްޖެ ޓްރާންޝިޝަން ޑެސްޓިނޭޝަނެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ. އެކަން ކުރަނީ ރާއްޖެއަށް އެތެރެވުމަށްފަހު ޔޫރަށްދާ ނަމަ، އެ ބައްރުގެ ގައުމުތަކަށް އެތެރެވުމަށް ފަސޭހަ ވެގެންދާތީ އެކަމުގެ ފައިދާ ނެގުމަށް ކަމަށާއި އެފަދަ ބައެއް މީހުން ހުއްޓުވާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.