ބައިޑެން އަނެއްކާވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މ
18 ޖުލައި 2024 11:131 މިނިޓުގެ ކިޔުން
Aa

އެމެރިކާގެ ރައީސް ޖޯ ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ބައިޑެން ކޮވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ ލަސް ވޭގަސްގައި ކެމްޕެއިން ދަތުރެއްގައި އުޅުއްވަނިކޮށް ނޭފަތުން ފެން ފައިބައި، ކެއްސައި އަދި އިތުރު އެހެން ބައެއް އުނދަގޫތައް ވާތީ ކޮވިޑަށް ޓެސްޓު ކުރުމުންނެވެ. އެއާ އެކު މިރޭ ބާއްވަން އޮތް ކެމްޕެއިން ސްޕީޗް ވަނީ ކެންސަލްކޮށްފަ އެވެ.

މިއީ އުމުރުން 81 އަހަރުގެ ބައިޑެން އަށް ކޮވިޑް ޖެހުނު ތިންވަނަ ފަހަރެވެ. ބައިޑެންގެ ޕްރެސް ސެކްރެޓަރީ ކެރިން ޖީން ވިދާޅުވީ، ބައިޑެން ކޮވިޑް ވެކްސިނާއި ބޫސްޓާ ޑޯޒްވެސް ޖައްސަވާފައިވާ ކަމަށެވެ.

ބައިޑެން ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ އޭނާގެ އުމުރުން ދުވަސްވުމާއި އޭނާގެ ކިބައިން ފެންނަ ބައެއް ކަންކަމާ ގުޅިގެން ރިޔާސީ ރޭހުން ވަކިވާން ގޮވާލުމުގެ އަޑު ގަދަވެފައި ވަނިކޮށެވެ.

އަދި ބައިޑަން އަށް ކޮވިޑް ޖެހިފައި މިވަނީ އޭނާގެ ސިއްހީ މައްސަލައެއް ހުރިކަން އެނގޭ ހިސާބުން ރިޔާސީ ރޭހުން ވަކިވުމާމެދު ވިސްނަވާނެ ކަމަށް ވިދާޅުވެފައިވެސް ވަނިކޮށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.