އެމްއެމްޕީއާރްސީގެ ބޯޑު މެމްބަރު ކަމަށް ނާޒިމްގެ ދަރިކަލުން ވުލާއު

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

އެމްއެމްޕީއާރްސީގެ ބޯޑު މެމްބަރު ކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ދަރިކަލުން އާމިނަތު ވުލާއު މުހައްމަދު ނާޒިމް އައްޔަންކޮށްފިއެވެ.

ވުލާއު ބޯޑު މެމްބަރުކަމަށް އައްޔަން ކުރުމުން ނާޒިމް ވަނީ މަރުހަބާ ދަންނަވާފައެވެ. ވުލާއު އަކީ ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުން އަންނަ ކަނބަލެކެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހަމަޖައްސާފައި ވަނީ ފާތިމަތު ތައުފީގެވެ. ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކީ މުހައްމަދު ބައްސާމް އާދަމެވެ. ޗެއާޕާސަނަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހްގެ ދަރިކަލުން ޔޫރެއިން ޖަނާހްއެވެ.

އެމްއެމްޕީއާރްސީ އަކީ ރާއްޖޭގެ ފަތުރުވެރިކަން ބޭރު ގައުމުތަކުގައި އިޝްތިހާރުކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.

އެ ކުންފުނި ރީބްރޭންޑްކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވަނީ ވިދާޅުވެފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.