ބޮޑުވަޒީރު ހަސީނާ ފިއްލަވައިފި، ގަނޑުވަރު މުޒާހަރާ ކުރާ މީހުންގެ ބާރުގަ ދަށަށް!

މ
5 އޮގަސްޓު 2024 14:48އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ބަންގްލާދޭޝްގައި ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރު ޝައިޚް ހަސީނާގެ ގަނޑުވަރު ކައިރިއަށް ޖަމާވާން ފެށުމާ އެކު އޭނާ ފިއްލަވައިފި އެވެ.

ހަސީނާގެ އަރިސް ބޭފުޅަކާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ހަސީނާ އާއި އެކަމަނާގެ ދައްތަ ޝައިހް ރެހާނާ ވަނީ އަސްކަރީ ހެލިކޮޕްޓަރެއްގައި ރައްކާތެރި ތަނަކަށް ފިއްލަވައިފަ އެވެ.

ހަސީނާ ފިއްލަވާފައިވަނީ ރަސްމީ ގަނޑުވަރު، ބަންގަބާބަން އިން ކަމަށްވެސް ރިޕޯޓް ކޮށްފައިވެ އެވެ.

ހަސީނާ ގައުމު ދޫކޮށް ފިއްލެވުމުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވި ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އެކަން އަދި އެއްވެސް މަސްދަރަކުން ކަށަވަރު ކޮށެއް ނުދެ އެވެ.

ޝައިހް ހަސީނާ ފިއްލަވާފައިވާއިރު، އެ ގައުމުގެ ސިފައިންގެ ވެރިޔާ ގައުމާ މުހާތަބުކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މުޒާހަރާގެ ބައިވެރިން މިއަދު ވަނީ ހަސީނާގެ ގަނޑުވަރުކޮޅަށް ވަދެ، އެތަން އެ މީހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.