ސަރުކާރުގެ ދައުވަތަކަށް ޖައިޝަންކަރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

މ
8 އޮގަސްޓު 2024 19:561 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މާދަމާ ރައްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ކަމަށެވެ.

ޖައިޝަންކަރު ރާއްޖެ ކުރައްވާ ދަތުރުގައި ރާއްޖެއާއި އިންޑިއާގެ ގުޅުމާ ގުޅޭ ގޮތުންނާއި އެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށްވެސް ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ ދަތުރުގެ ތެރެއިން އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އާއި އިންޑިއާގެ އެކްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ދަށުން ނިމިފައިވާ މަޝްރޫއުތައް ޖައިޝަންކަރު ރަސްމީކޮށް ހުޅުވައިދެއްވުމަށް އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ.

އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓެއްގެ ދަށުން ހަދަމުންދާ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ޖައިޝަންކަރު ބައްލަވާލައްވާނެ ކަމަށް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.