ﷲ އަށް އީމާންވުމަކީ އުފާވެރިކަމުގެ ޝުއޫރުތަކާއި ބާއްޖަވެރިކަމުގެ އިހްސާސްތަށް ހިތުގައި އުފައްދާކަމެއް

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ހާގީގީ މާނައިގައި މާތްﷲ އަށް އީމާން ވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުއޫރުތަކާއި ބާއްޖަވެރިކަމުގެ އިހްސާސްތަށް އުފައްދާކަމެއްކަމުގައި މިއަދުގެ ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.

އީމާންކަމަކީ އިސްލާމް ދީނުގެ އަސާސެއްކަމުން އިންސާނާއަށް ދުނިޔަވީ ހަޔާތުގެ އުފަލާއި އަރާމު އަދި އުޚްރަވީ ހަޔާތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް ހަރުދަނާކޮށްގެންނެވެ. މާއްދިއްޔަތުގެ ތެރެއަށް ގޮސް މިފަދަ ދުވަސްވަރެއްގައި އީމާންކަން ބަލިކަށިވެ ނުބައިމަގަކުން ދެވުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމުގައެވެ. އަދި އީމާންކަން ހަރުދާނާކޮށް ދެއްވުމަށް އެދި ﷲގެ ހަޒްރަތުގައި ދުއާ ދެންނެވުމަށް މިއަދުގެ ޚުތުބާގައި ނަސޭހަތްތެރި ވެފައި ވެއެވެ.

ޚުތުބާގައި ވަނީ މިއަދު އަހަރެމެންގެ ތެރެއިން ބައެއްމީހުންގެ ފަރާތުން އިވެމުންދާ އަޑަކީ ދީނީ ވާޖިބުތަށް ފުރިހަމަޔަށް އަދާކުރަމުންދާ އިރުވެސް ވަރަށް ފަސޭހައިން މާތްﷲ ހަރާމް ކުރައްވާފައިވާ ކަންތަތަކަށް އަރައިގަނެވޭވާހަކައެވެ. އެހެންކަމުން އެކަމަކީ މިއަދު އަހަރެމެންނާއި ކުރިމަތި ވެފައިވާ ބޮޑު މުސީބާތެއްކަމަށެވެ. އަދި އެކަމަކީ އަހަރެމެންގެ އީމާން ކަން ބަލިކަށިވުމުގެ އަލާމާތެއްކަމަށެވެ.

އީމާންކަމަކީ ހިތުގައި ސާބިޮތުވެފައިވާ ވަރުގަދަ އަގީދާއެއް ކަމަށާއި އަދި އެއީ ތިމާގެ ހިތުން ތެދުކޮށް ކަށަވަރުކޮށްފައިވާ ކަމެއްކަމަށެވެ. އިސްލާމްދީނުގެ ބިންގާކަމުގައިވެފައިވަނީ ވެސް މިދެންނެވި ތެދުކުރުންކަމުގައެވެ. އެކަން ފުރިހަމަގޮތުގައި ހާސިލްވާނީ ހިތުގެ ސާބިތުކަމާއިއެކު ވިސްނުން ފުރިހަމަގޮތުގައި ހަރުދަނާކޮށް އީމާންކަން ތިމާގެ ހިތުގައި އަށަގަންނުވައިގެން ކަމުގައި ޚުތުބާގައި ވަނީ ބުނެފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.