އިންޑިއާގެ ހާރިޖީ ވަޒީރު ރާއްޖޭގައި ކާމަރަނގަ ގަހެއް އިންދަވައިފި

މ
10 އޮގަސްޓު 2024 16:331 މިނިޓުގެ ކިޔުން
Aa

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖޭގައި ކާމަރަނގަ ގަހެއް އިންދަވައިފި އެވެ.

ލޮނުޒިޔާރަތް ޕާކުގައި އެ ގަސް އިންދަވާފައިވަނީ ޖައިންޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ގަސް އިންދުމުގެ ހަރަކާތުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި މާލޭގެ މޭޔަރު އާދަމް އާޒިމް އަދި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ބައިވެރިވެވަޑައިގެންނެވި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މިއީ ރާއްޖޭގައި ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާއި އިންޑިއާގެ ”ޕްލާންޓް ފޯ މަދާ“ އިނީޝިއޭޓިވްގެ ދަށުން އިންދެވި ގަހެއް ކަމަށެވެ.

ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ދުނިޔޭގެ ތިމާވެށި ދުވަހާއި ގުޅިގެން މިދިޔަ ޖޫންމަހުގެ 5 ވަނަ ދުވަހު ފެށި ޕްރޮގްރާމެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.