ޕީއެންސީގެ މަޖިލިސް ޕްރައިމަރީ މި މަހު 27 ގައި ބާއްވަނީ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަޖިލިސް ޕްރައިމަރީ މި މަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެ ޕާޓީން ވަނީ މިކަން މިރޭ އިއުލާންކޮށްފަ އެވެ.

ޕީއެންސީން ކުރި އިއުލާނެއްގައި ވަނީ މަޖިލިސް ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓް އެ ޕާޓީގެ ވެބްސައިޓްގައި އާންމު ކުރެވިފައިވާ ކަމަށެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

މީގެކުރިން ޕީއެންސީން ޕްރައިމަރީ ފަސްކުރީ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ތާރީހަކީ ސްކޫލް ބަންދު ދުވަސްވަރަށް ވެފައި، ގިނަ އަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށާއި، އުމްރާއަށް ގައުމުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާތީއެވެ.

ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ކެމްޕޭން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފޯރިއާއެކު ކުރިއަށްއެބަދެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.